13 May 2010

މި ނުކިޔާށެވެ!

ހުސައިން އަފީފު


އިންސާނީ ތަބީއަތެވެ. ނުކުރާށޭ ބުނާކަމެއް ކޮއްލާނެއެވެ. ކުރާށޭ ބުނާކަމެއް ނުކޮށް ދޫކޮއްލާނެއެވެ. މިއީ އާ ކަމެއް ނޫނެވެ. ބައްލަވާށެވެ. ސުރުހީގައި ބޮޑު އަކުރުން ނުކިޔާށޭ އޮތަސް ހަމަ ތިޔަހުރެ ކިޔާނަގަނީއެވެ. މިކަމުންވެސް އިންސާނުންގައިގައި ހާއްސަ ސިފަތަކެއް ވާކަން ކޮންމެ މީހަކުވެސް ދެނެގަނެވޭނެއެވެ. މިވަރުން ދީނަށް އުޅޭށޭ ބުނީމަ ނޫޅޭން މިއުޅޭ ސަބަބުވެސް އެނގިލައްވާނެއެވެ.

ޝައްކެއްނެތެވެ. ރާއްޖޭގައިވެސް މިފަދައިން ދީނަށް ނޫޅެވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރާ މީހުން އެބައުޅޭއޭ ބުންޏަސް މިހާރަކު މީހަކު ހައިރާން ނުވާނެކަން ހަމަ ޔަޤީނެވެ. ކޮންމެއަކަސް ދައްކަން އޮތްވާހަކައަކީ މުޅިއަކުން މިއެއްވެސް ނޫނެވެ.

މައެއް ވަރަށް ލޯބިވާ ދަރިއަކު ހުރެއެވެ. އެ މަންމަ އެ ދަރިފުޅު ހަމަ ސިކުންތުފަޅިއަކަށްވެސް ދުރަކަށް ނުލައެވެ. މިހެން އުޅެނިކޮއް މިވީ ގޮތަކީ ކޮންމެވެސް ގޮތެއް ކުރިމަތިވެގެން މިދަރިފުޅު އެ މަންމަ ގާތުން ދުރުކުރަން ޖެހިއްޖެއެވެ. އެކަމަކު ޓާރސްކް ނެގީ ތިބާއެވެ. މަސައްކަތަކީ އެ މަންމަ ނުރޮއްވާ އަދި ފަހަތުން ދުވެ ކޯޓަށް ދާވަރު ނުކޮށް އެދަރިފުޅު އެއްއަހަރަށް ނަމަވެސް އެ މަންމައާއި ދުރުކުރުމެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟

50 ހަކަށް އެޕިސޯޑުގެ ޑްރާމާއެއް ސިކުނޑީ ކުޅެ ނިންމާލައިފީމުތާއެވެ. ދެން އަޑުއަހާށެވެ. ހަމަ ގައިމުވެސް ޕްލެނިން އެންމެންގެވެސް އެއްގޮތެވެ. ކުޑަކޮށް ދުރުކޮއްލުމެވެ. ދެން އެޔައްވުރެ ބޮޑަށެވެ. ދެން އެޔައްވުރެ... މިހެން ގޮސް ރާއްޖެއިން ބޭރުގެ މޮޅު ޔުނިވާރސިޓީއަކަށް ކިޔަވަން ގެންދާނީއެވެ. އަނހަ! މަންމަޔާ އެކުރީ ހަގީގަތުގައި ދުރެއް ނޫނޭ ބުނާމީހުންވެސް އުޅޭނެއެވެ. އެއީ ލޯބިން ކިޔަވަން ފޮނުވީއެވެ. އެކަމަކު ހަމަ ގައިމު ކުރަން ހަވާލުކުރި މަސައްކަތް ނިމިއްޖެއެވެ. އިތުރަކަށް އެދަރިފުޅު ހުރީ ކުރީ ފަދައިން އެމަންމަގެ އަތް ދަށުގައެއް ނޫންތާއެވެ. އެ ޑްރާމާގެ ފެށޭ ހިސާބުގައި މަންމަ އަތުން އެކުއްޖާއަށް ކާން ދިން ކާންދިނުން އަމިއްލަ އަތަށް ބަދަލުކޮއްލި މަންޒަރު ރީ-ކެޕް ކޮއްލާށެވެ. ހަގީގަތުގައި ދުރެއް ނުކުރެއެވެ. އެކަމަކު އެއީ މައިލް ސްޓޯނެކެވެ. ނުވަތަ ބޮޑު ގޯލަ ޖެހުމަށް ޖެހި ކުޑަ ގޯލައެކެވެ. ނުވަތަ އެޑެކްސެލް އިން ފާސްވާންވެގެން ދިޔަ މަގުމަތީ ސްކޫލުން ހަދައި ފާސްވި އިމްތިހާނެކެވެ.

ނޫނެކޭ ނޫނެކެވެ. މައުލޫއަކީ އަދި މިއެއްވެސް ނޫނެވެ. މަތިން އެއީ ހަމަ އެހެން ޖެހި ބޯޅަތަކެވެ. ދެން މިޖަހަނީ ޕެނެލްޓީއަކުން ބޯޅަ ސިދާ ގޯލައަށެވެ. ރާއްޖޭ އެންމެން ތިބީ މުސްލިމުންގެ ގޮތުގައެވެ. އިސްލާމްދީނުގައި ބަގުޑި ބައްދައިގެން މިތިބީ އިސްވެ ދެންނެވުނު މަންމަ ދަރިގައިގަ ބައްދައިގެން ހުރިވަރަށްވުރެއްވެސް ބާރަށެވެ. "ނަންނެތް" ބޭނުންވަނީ މިދީން ދިވެހިން އަތުން އަތުލާށެވެ. އެކަމަކު އެއްފަހަރަކާ ކުރިންވެސް ކަންކުރި ފަދައިން އަތުނުލެވިގެން މައިލް ސްޓޯން ޖަހާ ފަހަރަކު ސްޓޯނެއް ނަގާ ޖީބައްލަމުން އެހެރަ މަގުން ހިނގާފައިދަނީއެވެ.

މިދަންނަވާ މައިލް ސްޓޯން އަކީ ދިވެހިބަހާއި އިސްލާމް ދީން އޮޕްޝަނަލް މާއްދާއަކަށް ބަދަލުކުރުމެވެ. މިއީ ހަގީގަތުގައި ދިވެހިންނަށް ބިރުވެރި ގޯލެކެވެ. މިބޯޅަ ޖެހިޔަ ނުދޭށެވެ. ފުރަތަމަ އެކުއްޖާގެ މަންމަ ތިބާ އެކުއްޖާއާއި ވާހަކަ ދައްކަންވެސް ނޭދި ހިފަހައްޓާލިނަމަ ކުރިގެ ޓާރސްކް އަކީ "ސަކްސަސްފުލް ފެއިލިއާރ" އަކަށް ވީސްކަން ހުދު ތިބާއަށް ވިސްނޭފަދައިން "ނަންނެ" އަށް އެކަން ވިސްނެއެވެ. އެހެން ހެދިޔަ ނުދޭށެވެ. އިސްލާމް އޮޕްޝަން ވުމީ ދީން އޮޕްޝަން ވުމެވެ. ދީން އޮޕްޝަންވުމީ ކާފަރުވުމުގެ ފުޅާމަގަށް ގޯޅިއަޅާލުމެވެ. ހޯހޯއެވެ. ދޫނުކުރާށެވެ. ހަމަ ތިބާއަށް ދޭހަވާނެއެވެ. އެނގޭނެއެވެ. މިލިޔާއެއް ނުލިޔާއެއް ކިޔާއެއް ނުކިޔާއެއް ނޭންގުނަސް އިސްލާމް އޮޕްޝަނަލް ކުރުމަކީ ގޯސްކަމެއްކަން އެނގެއެއްނޫންތޯއެވެ.

މަސައްކަތް މިއަދު ފަށާށެވެ. ނޫނީ ވަގުތު ފާއިތުވެދާނެއެވެ. ފިޝަރީސް ކިޔަވައިދޭހެން އަގެއްނެތް މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭ މާއްދާއެއްގެ ގޮތުގައި އިސްލާމް ވިޔަނުދޭށެވެ. ވަކި ދިވެހި ވާންވެސް ދޫކުރާށެކޭނޫނެވެ. އެއީ މުޅި ސަގާފަތެވެ. އޮތިއްޔާ އޮތްހާވެސް އެއްޗެވެ. އެހެނަސް ދީން މާ މުހިއްމެވެ. ދަރިން ދުނިޔޭގައި އަނިޔާލިބިފައިވާ ބައެއްގެ ގޮތުގައިވުން ބޭބުންނުވާނަމަ އަދި ކައްވަޅުގައި އަމާންކަމާއިއެކު އޮންނަން ބޭނުންނަމަ އަވަހަށް ހަތިޔާރުއަޅާށޭވެ. މިހެންވާން ގައުމު ދޫނުކުރާށެވެ. އަހަރެމެން މިތިބީ ތި ޒުވާނުންނަށް ބޭނުންވެފައެވެ. އެހީވާށެވެ. ގައުމު އެދި ރޮނީ ތިބާގެ އެހީއަށެވެ. ދެފަޅީ ތިބި މީހުނަށް ނުބަލާ އައިސް އެހީވެދޭށެވެ. މިކަން ހުއްޓުވައިދޭށެވެ.

1 comment:

  1. hehe, afeef dho mi liyunee... muraasiyyah comment kuri fahun mi egunee... komme akas guess seedhaa vejjethaa... ahaha... mamee hama ma... h*th*m

    ReplyDelete